ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް އިން މީސްމީޑިއާ އާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ޢިލްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.
The Kulliyya of Islamic Revealed Knowledge and Human Sciences held a panel discussion on social media and mental health.
1 month ago
-
ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް އިން މީސްމީޑިއާ އާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ޢިލްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ޢިލްމީ ބައްދަލުވުމަކީ ނަފްސާނީ ދުޅަހެޔޮކަމާއި، މީޑިއާ، ޤާނޫނު، އަދި ދީނީ އިލްމުގެ ދާއިރާގެ މާހިރުން އެއްތަންވެ، ސޯޝަލް މީޑިއާގެ ސަބަބުން ފަރުދުންނާއި މުޅި މުޖުތަމަޢަށް ކުރާ އެކި ބާވަތުގެ އަސަރުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ބައްދަލުވުމެކެވެ. މިޢިލްމީ ބައްދަލުވުމުގެ ޕެނަލް ޑިސްކަޝަނުގައި މަޝްވަރާ ކުރެވުނު މައިގަނޑު ސުވާލަކީ ނަފްސާނީ ދުޅަހެޔޮކަމާ، އަޚުލާގީ މިންގަނޑުތަކާ، ސުމޭކު ޙައްޤުތައް ރައްކާތެރިކުރުމާއެކު، ވަކިވަކި ފަރުދުންނަށާއި މުޅި މުޖުތަމައަށް، މީސް މީޑިއާގެ މަންފާތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނީ ކިހިނަކުންތޯއެވެ؟
ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަތީ އަލްފާޟިލާ ސަމާ އިބްރާހީމް ދީދީ، އަލްފާޟިލާ ޒަމްޢަތު އަޙުމަދު ވަޙީދު، އަލްއުސްތާޛު އަޙުމަދު ނިޒާރު ޞާދިޤު، އަދި އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙުމަދެވެ. ސެޟަން މޮޑަރޭޓް ކޮށްދެއްވީ އަލްއުސްތާޛު އިސްމާޢީލް ނާޖީއެވެ.