މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދެއްވާފައިވާ ސްކޯލާރޝިޕް އެވޯޑް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
Maumoon Foundation Scholarship Awards Ceremony.
11 hours ago
-
މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދެއްވާފައިވާ ސްކޯލާރޝިޕް އެވޯޑް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މިއީ މަތީ ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހާސިލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ފައުންޑޭޝަނުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަޙްމަދު ފާރިސް މައުމޫނެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އެ ފައުންޑޭޝަންގެ އިސް ބޭފުޅުންނާއި، އިސްލާމީ ޔުނިވަރސިޓީގެ ސީނިއާރ މެނޭޖްމަންޓް ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސްކޮލަޝިޕްގެ ދަށުން އިސްލާމީ ޔުނިވަރސިޓީގައި ހިންގާ މާސްޓާސް ލެވެލްގެ ޕްރޮގްރާމެއް ފުރިހަމަކުރަމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި ދަރިވަރުން ބާރުވެރިކުރުވުމަށް މައުމޫން ފައުންޑޭޝަނުން ދެއްވާ މެދުކެނޑުމެއް ނެތް އެހީތެރިކަމާއި އަގުނުކުރެވޭ ފަދަ އެއްބާރުލުމަށް އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އެ ފައުންޑޭޝަނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރިއެވެ.