Overview & Academics

Welcome to the Kulliyyah of Arabic Language at the Islamic University of Maldives.

Arabic language plays a crucial role in our lives because it is the language of Allah’s book, the Qur’an, and the Sunnah of his messenger Mohamed (PBUH). For each and every Muslim it is important to learn Arabic to make our devotion and worship to Allah much more meaningful.

‘Umar (may Allah be pleased with him) said: “Learn Arabic for it is part of your Religion and learn how the estate of the deceased should be divided (al-Faraa’id) for these are part of your Religion”.

Kulliyyah of Arabic Language has its roots in the very first institute that was created to teach Arabic Language in the Maldives, the Institute of Islamic Studies (Mauhad) that began on 9th November 1980.  Mauhad played a major role to promote Islamic Education and Arabic Language in the Maldives. Within Mauhad, the Centre for Languages played an integral role in promoting Arabic Language learning and continued its role when Mauhad was upgraded to College of Islamic Studies. The Centre for Languages was upgrade to the Kulliyyah of Arabic Language when the College was transformed to the Islamic University of Maldives.

Today, at the Kulliyyah of Arabic Language we offer a Diploma in Arabic Language. A Bachelor’s degree in Arabic Language is planned for the following year. The Kulliyyah is also considering the option of offering a Diploma of Arabic Language for Travel and Tourism, in block mode, geared for staff of resort islands, starting from January of 2017.

Our aim in the Kulliyyah of Arabic Language is to teach Arabic language and to create interest in Arabic Language amongst Maldivians. The faculty offers its students with knowledge of Arabic, both theoretically and practically. We also prepare students for independent learning and communication skills.

We look forward to welcoming you to our community.

Fayyaz Ali Manik

Dean

Badhoora Yahya

Senior Administrative Officer

Sana Ibrahim

Administrative Officer

Vision

To become a highly regarded and leading Kulliyyah in Maldives that develops students who are proficient in use of Arabic language and competent in research skills related to Arabic language.

Mission

Teaching of Arabic language that is needed for the nation’s wellbeing and development, training of Maldivians to conduct research in Arabic language, and the development of citizens who are capable of communicating in this language both orally and in written form.

Objectives

The main objective of the Kulliyyah is to impart knowledge and skills in Arabic language that is needed for our students in the nation’s development, and enable them to do research in Arabic language.

Special objectives

  • To build a generation of Maldivians in whom our nation takes pride, who are well versed in Islamic knowledge and who have global awareness and value it.
  • To ensure that our students have the knowledge and skills related to Arabic language and be academically able.
  • Develop a system that could teach Arabic language through modern technology, and to offer language courses that would assist in national development.
  • Offer relevant courses in Arabic language through online learning platforms and multiple media outlets.
Career options for graduates

Students who graduate from our Arabic courses can find career prospects from the following sectors:

  • Job prospects in government schools, colleges and universities
  • Private schools, colleges and institutions
  • Tourism sector
  • Various fields of media
  • Business and marketing sector
  • Field of diplomacy
  • Organizations that spread awareness about Islam
  • International organizations
  • With the completion of Arabic translation diploma course students will be well acquainted with the Arabic language.
Events and Activities
  • During the years 2017 and 2019 the Faculty of Arabic Language has represented IUM in the Doha debates
ތަޢާރަފް

ކުއްލިއްޔާ އޮފް އެރަބިކް ލޭންގްއެޖަކީ ދިވެހިރާއްޖޭގައި ޢަރަބިބަސް ފެތުރުމުގެ މާތް މަޤްޞަދުގައި އުފައްދާފައިވާ ކުއްލިއްޔާއެކެވެ. ދިވެހިރާއްޖެފަދަ އިސްލާމީ ޤައުމަކަށް ދީނުގެ މައިގަޑު ދެ މަޞްދަރު ކަމުގައިވާ ޤުރްއާނާ ސުންނަތް އެބަހަކުން އައިސްފައިވާ ޢަރަބި ބަހަކީ ވަރަށް މުހިންމު ބަހެއްކަން ކަށަވަރެވެ. އެހެންކަމުން މުސްލިމުން އަދާކުރަންޖެހޭ ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށް ޢަރަބި ބަސް ދަސްކުރުމަކީ ދީނީގޮތުން ކުރަންޖެހޭ ކަމެކެވެ. 

މި ކުއްލިއްޔާގެ ފެށުމަކީ ދިވެހި ރާއްޖޭގައި ޢަރަބި ބަސް ކިޔަވައި ދިނުމަށް ފުރަތަމަ އެޅުނު ބިންގާ ކަމުގައިވާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއެވެ. މަޢުހަދު ހުޅުވުނީ 9 ނޮވެންބަރު 1980 ގައެވެ. މި ދުވަހުން ފެށިގެން މަޢުހަދު ޔުނިވަރުސިޓީއަކަށް ބަދަލުވެގެން ދިޔުމާއި ހަމަޔަށް ލޭންގްއެޖް ސެންޓަރުގެ ނަމުގައި ޢަރަބި ބަހުގެ ތަފާތު ކޯސްތައް ހިންގަމުން ދިޔަ މަރުކަޒު ބަދަލުވެގެން ދިޔައީ ކުއްލިއްޔާ އޮފް އެރަބިކް ލޭންގްއެޖްއަށެވެ. 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލަޑުދަޑިތަކާއި އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގައި ޢަރަބިބަސް ފެތުރުމާއި ޢަރަބި ބަހަށް ދިވެހިން ޝައުޤުވެރި ކުރުވުމާއި ދިވެހި އިސްލާމީ މުޖުތަމަޢުގެ ތަފާތު ދާއިރާތަކުގެ މީހުން ބޭނުންވާ ފެންވަރަށް އެދާއިރާތަކުގައި ޢަރަބިބަހުން މުޢާމަލާތު ކުރެވޭފަދަ ޤާބިލު މުޖުތަމަޢެއް ބިނާކުރުމަށް މި ކުއްލިއްޔާއިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. މި ކުއްލިއްޔާގެފަރާތުން ތިޔަ އެންމެހާފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

ފައްޔާޒް އަލީ މަނިކް

ޑީން

ބަދޫރާ ޔަހްޔާ

ސީނިއަރ އެޑްމިނިސްޓްޜޭޓިވް ސްޓާފް

ސަނާ އިބްރާހިމް

އެޑްމިނިސްޓްޜޭޓިވް ސްޓާފް

ވިޝަން

ޤައުމަށް ބޭނުންވާ، ޢަރަބިބަހަށް އަހުލުވެރި އަދި ޢަރަބިބަހުން ތަފާތު ދިރާސާކުރުމުގެ ޤާބިލުކަންހުރި ދަރިން އުފައްދާ، ދިވެހި މުޖުތަމަޢުގެ މަޤްބޫލްކަން ލިބިފައިވާ ލާމަޘީލް ފެކަލްޓީއެއް ކަމުގައިވުން.

މިޝަން

   ޢަރަބިބަސް ކިޔަވައިދިނުމާއި ޢަރަބި ބަހުން ތަފާތު ދިރާސާކުރުމުގެ ޤާބިލުކަން ދިވެހިންގެ ކިބައިގައި އަށަގަންނަވައި، އެބަހުން ދުލާއި ޤަލަމުން މުޢާމަލާތު ކުރުމުގެ އަހުލުވެރިކަން ލިބިފައިވާ، ޤައުމުގެ ތަރައްޤީގައި ބައިވެރިވާ، ހަރުދަނާ މުވާޠިނުންތަކެއް ބިނާކުރުން.

ލަނޑުދަނޑިތައް

މި ކުއްލިއްޔާގެ އެންމެ މުހިއްމު މަޤްޞަދަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ އަފުރާދުން ޢަރަބި ބަހަށް އަހުލުވެރިކުރުމާއެކު، އެކި ލެވެލްތަކުގައި އެ ބަހުން ދިރާސާކުރުމުގެ ޤާބިލުކަން ލިބިފައިވާ ދަރިންތަކެއް ބިނާކުރުމެވެ.

ޚާއްޞަ ލަނޑުދަނޑިތައް: 

      1. ދިވެހި އުއްމަތް ފަޚްރުވެރިވާ، ދުނިޔޭގެ ޙަޟާރާތްތަކަށް ލޯ ހުޅުވިފައިވާ ދިވެހިވަންތަ އިސްލާމީ ޖީލެއް ބިނާކުރުން.

      2. ޢިލްމީގޮތުން ޤާބިލް އަދި ޢަރަބި ބަހަށް ލޯހުޅުވިފައިވާ ހަރުދަނާ އިސްލާމީ ޝަޚްޞިއްޔަތެއްގެ ވެރި ބަޔަކު އުފެއްދުން.

      3. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ބަސް އުނގެނިގަނެވޭފަދަ ވަރުގަދަ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް ބަހުގެ އެކިފެންވަރުގެ ކޯސްތަކުގެ ޒަރީޢާއިން ޤައުމަށް ކުރިއެރުން ހޯދައިދިނުން.

      4. ޢަރަބި ބަހުގެ ކޯސްތައް އޮންލައިން ކޮންނާއި މީޑިއާ މެދުވެރިކޮށް ހިންގާއި ޤައުމުގައި އެބަސް ފެތުރުން.

      5. ޢަރަބިބަހުން ލިޔެފައިވާ ތަފާތު ރިފަރެންސްތައް ދިވެހިބަހަށް ތަރުޖަމާކުރެވޭފަދަ ޢިލްމީ ޤާބިލު ޖީލެއް ބިނާކުރުން.

ކޯސްތަކުން ނިމޭ ދަރިވަރުންނަށްހުރި ވަޒީފާގެ ފުރުޞަތުތައް

ޢަރަބި ކޯސްތަކުން ނިމޭ ދަރިވަރުންނަށް އަންނަނިވި ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ތަނަވަސްވާނެއެވެ.

  1. ސަރުކާރުގެ  ސްކޫލް މަދްރަސާތަކާއި ކޮލެޖް، އަދި ޔުނިވަރސިޓީ ތައް
  2. އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލް މަދްރަސާތަކާއި ކޮލެޖް، އިނިސްޓިޓިއުޓުތައް
  3. ޓޫރިޒަމްދާއިރާ
  4. މީޑިއާގެ އެކިއެކި ދާއިރާތައް
  5. ވިޔަފާރިއާ މަރކެޓިންގެދާއިރާ
  6. ޑިޕްލޮމެޓިކްދާއިރާ
  7. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތައް
  8. ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތައް
  9. މީގެ އިތުރުން ތަރުޖަމާކުރުމުގެ މަސައްކަތްތައް އަމިއްލައަށް ކުރެވޭ ފެންވަރަށް ޢަރަބި ޑިޕްލޮމާ ނިމޭ އިރު ޢަރަބިބަސް އެގޭނެއެވެ.
ބައިވެރިވެފައިވާ ޙަރަކާތްތައް

2017 އަދި 2019 ވަނައަހަރު ބޭއްވުނު ޤަޠަރުޑިބޭޓްގައި ކުއްލިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ތަމްޘީލުކުރުމަށް ބައިވެރިވެފައި ވެއެވެ.

Ongoing Courses

ހިނގަމުންދާ ކޯސްތައް

Course Name ކޯހުގެ ނަން MNQF Level އެމްއެންކިއުއެފް ލެވެލް Course Duration ކޯހުގެ މުއްދަތު Course Fee ކޯސް ފީ Kulliyah / Center ކުއްލިޔާ / ސެންޓަރ
Diploma in Arabic Language for Diplomacy ޑިޕްލޮމާ އިން އަރަބިކް ލޭންގުއޭޖް ފޯރ ޑިޕްލޮމަސީ Level 5 ލެވެލް 5 2 Years 2 އަހަރު MVR 25050 MVR 25050 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Diploma in Arabic Language for Business and Marketing ޑިޕްލޮމާ އިން އަރަބިކް ލޭންގުއޭޖް ފޯރ ބިޒްނަސް އެންޑް މާކެޓިންގ Level 5 ލެވެލް 5 2 Years 2 އަހަރު MVR 25050 MVR 25050 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Diploma in Arabic Language for Journalism and Media ޑިޕްލޮމާ އިން އަރަބިކް ލޭންގުއޭޖް ފޯރ ޖޯނަލިޒަމް އެންޑް މީޑިއާ Level 5 ލެވެލް 5 2 Years 2 އަހަރު MVR 25050 MVR 25050 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Master of Arts in Arabic Lingustics މާސްޓަރ އޮފް އާރޓްސް އިން އެރަބިކް ލޭންގުއޭޖް (ލިންގުއިސްޓިކްސް) Level 9 ލެވެލް 9 1 Year 1 އަހަރު MVR 35370 MVR 35370 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Diploma in Arabic Language for Islamic Studies ޑިޕްލޮމާ އިން އެރަބިކް ލޭންގުއެޖް ފޯ އިސްލާމިކް ސްޓަޑީޒް Level 5 ލެވެލް 5 1 Year 1 އަހަރު MVR 13829 MVR 13829 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Diploma in Arabic Language for Hospitality and Tourism ޑިޕްލޮމާ އިން އެރަބިކް ލޭންގުއެޖް ފޯ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް Level 5 ލެވެލް 5 2 Years 2 އަހަރު MVR 25050 MVR 25050 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Diploma in Arabic Language ޑިޕްލޮމާ އިން އެރަބިކް ލޭންގުއެޖް Level 5 ލެވެލް 5 1 Year 1 އަހަރު MVR 11440 MVR 11440 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Advanced Certificate in Arabic Language އެޑްވާންސްޑް ސެޓްފިކެޓް އިން އެރަބިކް ލޭންގުއެޖް Level 4 ލެވެލް 4 1 Year 1 އަހަރު MVR 11520 MVR 11520 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Certificate 3 in Arabic Language ސެޓްފިކެޓް 3 އިން އެރަބިކް ލޭންގުއޭޖް Level 3 ލެވެލް 3 1 Year 1 އަހަރު MVR 3600 MVR 3600 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Certificate 2 in Arabic Language ސެޓްފިކެޓް 2 އިން އެރަބިކް ލޭންގުއޭޖް Level 2 ލެވެލް 2 0.5 Year 0.5 އަހަރު MVR 2400 MVR 2400 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Certificate 1 in Arabic Language ސެޓްފިކެޓް 1 އިން އެރަބިކް ލޭންގުއޭޖް Level 1 ލެވެލް 1 0.5 Year 0.5 އަހަރު MVR 300 MVR 300 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް
Certificate 1 in Arabic for Travel and Tourism ސެޓްފިކެޓް 1 އިން ޓްރެވެލް އެންޑް ޓޫރިޒަމް Level 1 ލެވެލް 1 0.5 Year 0.5 އަހަރު MVR 1050 MVR 1050 Kulliyyah of Arabic Language ކުއްލިއްޔާ އޮފް އަރަބިކް ލެންގުއެޖް