Overview
The Kulliyyah focuses on teaching and researching Islamic knowledge and human sciences in accordance with Islamic values. The Kulliyyah aims at producing ethically, religiously, and intellectually competent individuals who are beneficial to the society. Additionally, we aim to produce knowledgeable and culturally competent graduates who are capable in facing contemporary challenges. The cornerstone of our Kulliyyah is to disseminate Islamic knowledge and inculcate that Islamic thought is basis of individual’s success. Programs offered in this Kulliyyah are designed to promote Islamic knowledge and strengthen Islamic and national identity in the society. Further, it is aimed at providing higher education, comprised with fundamentals required for a civilized society, which is beneficial to the nation and Ummah at large.
Message from the Dean
Acquisition of Islamic knowledge is the key to success. Without Islamic knowledge, it is impossible to attain real success both in this world and Hereafter. Hence, Kulliyyah of Islamic Revealed Knowledge and Human Science of Islamic University of Maldives aims at producing professionals embedded with revealed and human knowledge capable of dealing with contemporary Islamic issues. If you are interested to become an expert in revealed and human science knowledge choose this Kulliyyah, in your higher education journey. We welcome both male and female students.
Vision
To be the excellent centre for teaching and researching of Islamic knowledge and human sciences based on Shariah and Islamic values.
Mission
To produce professionals educated in both Islamic knowledge and human sciences who are competent in facing contemporary challenges.
Objectives
- To teach human sciences based on Islamic framework
- To enable students to be conscious of modern Islamic jurisprudence issues
- To clarify Shariah principles based on correct Islamic creed
- To produce innovative professionals knowledgeable in both Shariah and human sciences
- To produce experts proficient in conducting research in diverse areas of Shariah
- To produce experts capable of dealing with intellectual challenges
- To disseminate true Islamic knowledge within the society
Values
- Sincerity
- Integrity
- Competent
- Collaborative
- Comprehensive
Departments
Department of Islamic Revealed Knowledge
- Aqidah and Philosophy
- Da’wah
- Fiqh and Usul Al-Fiqh
- Usul Al-Din and Comparative Religion
Department of Human Sciences
- Political Sciences
- History and Civilization
- Psychology
- Sociology
- Communications
ތަޢާރުފު
މިކުއްލިއްޔާއަކީ އިސްލާމީތަޢުލީމާއި އިންސާނީ ޢިލްމުތައް އިސްލާމީ ޝަރީޢަތުގެ ރޫޙާއެއްގޮތަށް އުނގަންނައިދީ، ދިރާސާތައް ކުރާ މަރުކަޒެވެ. އަދި މިކުއްލިއްޔާގެ އަމާޒަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރީ ގޮތުންނާއި އަދި ސުލޫކީ ގޮތުން މުޖުތަމަޢަށް ބޭނުންވާ ފަދަ ހުނަރުވެރި އަދި ފަންނުވެރި ބަޔަކު އުފެއްދުމެވެ. އަދި ޒަމާނީ ގޮންޖެހުންތަކަށް ކުރިމަތި ލެވޭފަދަ ޢިލްމީ، ފިކުރީ އަދި ޘަޤާފީ ބަޔަކު އުފެއްދުމެވެ. އަދި މުޖުތަމަޢުގައި އިސްލާމީ ފިކުރާއި އިސްލާމީ މަޢުރިފާވެރިކަން ފެތުރުމެވެ. ކުއްލިއްޔާގެ ލަނޑުދަނޑިއަކީ އިންސާނާގެ ކާމިޔާބީގެ އަސާސަކީ އިސްލާމީ ފިކުރު ކަމަށް ހެދުމެވެ.
މިކުއްލިއްޔާއިން ހިންގާ ކޯސްތައް ފަރުމާ ކުރެވިފައިވަނީ ދިވެހި މުޖުތަމަޢުގައި އިސްލާމީ ފިކުރާއި، އިސްލާމީވަންތަކަން އިތުރުކޮށް، އިސްލާމީ ދިވެހި ޝަޚުޞިއްޔަތު ވަރުގަދަކޮށް، އުފެއްދުންތެރި ޖީލެއް ބިނާވާނެ ގޮތަށެވެ. އަދި ހަމަ އެހެންމެ ކުއްލިއްޔާގެ އަމާޒަކީ ޒަމާނީ ތަހުޒީބީ މުޖުތަމަޢަކަށް ބޭނުންވާނެ ހުރިހާ ޢުންޞުރުތަކާއެކު، ދިވެހިޤައުމަށާއި އިސްލާމީއުއްމަތަށް މަންފާ ކުރާނެ ގޮތެއްގެ މަތިން މަތީ ތަޢުލީމު އުނގަންނައި ދިނުމެވެ.
ޑީން ގެ މެސެޖް
އިސްލާމުދީނުގެސަމާޙަތްތެރިކަމާއެކު އިސްލާމީތަޢުލީމު ޙާޞިލުވުމަކީ ކާމިޔާބީގެ ނާރެހެވެ. ޢިލްމާނުލާ ދުނިޔެ ވެސް އަދި އާޚިރަތް ވެސް ފުރިހަމަ ގޮތުގައި ކާމިޔާބެއް ނުކުރެވޭނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަންސައިންސުގެއަމާޒަކީ ދީނީޢިލްމާއެކު ދުނިޔަވީ ޢިލްމު އުނގަންނައިދީ، ޒަމާނީ މައްސަލަތަކަށް ކުރިމަތިލެވޭ ފަދަ އިސްލާމީވަންތަ ފަރުދެއް ބިނާ ކުރުމެވެ. އިސްލާމީތަޢުލީމުގެ ރޮގުން ކުރިއަށް ދާން ބޭނުންވާ ފަރާތްތައް ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަންސައިންސް ޚިޔާރު ކުރައްވާށެވެ. ދެ ޖިންސުގެ ހުރިހާ ޢުމުރުފުރާއަކަށް އަޅުގަނޑުމެން އަބަދު ވެސް މަރުޙަބާ ކިޔަމެވެ.
ވިޝަން
އިސްލާމީތަޢުލީމާއި އިންސާނީޢިލްމުތައް ޝަރީޢަތުގެ ޞައްޙަ މަފުހޫމުގެ ތެރެއިން އެންމެ ފުރިހަމައަށް އުނގަންނައިދޭ އަދި ދިރާސާކުރާ މަރުކަޒަކަށްވުން.
މިޝަން
އިސްލާމުދީނުގެ ސަމާޙަތްތެރިކަމާއެކު އިސްލާމީތަޢުލީމާއި އިންސާނީޢިލްމުތަކުގެ ދާއިރާއިން ޒަމާނީ ތަޙައްދިއްޔާތުތަކަށް ކުރިމަތިލެވޭފަދަ، އިސްލާމީވަންތަ ހަރުދަނާ އިންސާނެއް ބިނާ ކުރުން.
ލަނޑުދަނޑިތައް
- އިންސާނީޢިލްމުތައް އިސްލާމީވަންތަކަމާއެކު އުނގަންނައިދިނުން.
- ޒަމާނީ ފިޤުހީ މައްސަލަތަކަށް އަހުލުވެރި ކުރުވުން.
- ޞައްޙަ އިސްލާމީ ޢަޤީދާގެ މައްޗަށް ބިނާވެގެންވާ މެދުމިނުގެ އުޞޫލުތައް ބަޔާންކުރުން.
- ޝަރުޢީ ޢިލްމާއި އިންސާނީ ޢިލްމު ލިބިފައިވާ އުފެއްދުންތެރި ބަޔަކު ތައްޔާރު ކުރުން.
- ޝަރުޢީ ތަފާތު ބައިތަކަށް ޢިލްމީ ދިރާސާތައް ކުރާނެ ޤާބިލު ބަޔަކު އުފެއްދުން.
- ފިކުރީގޮތުން ދިމާވާ ގޮންޖެހުންތަކަށް ރައްދު ދެވޭނެފަދަ ޢިލްމީ ބަޔަކު އުފެއްދުން.
- އިސްލާމުދީނުގެ ޞައްޙަ މަފުހޫމް މުޖުތަމަޢުގެ ތެރޭގައި ފެތުރުން.
މިންތަކާއި އިންތައް
- އިޚްލާޞްތެރިކަން
- އަމާނާތްތެރިކަން
- ހުނަރުވެރިކަން
- އެހީތެރިކަން
- ފުރިހަމަކަން
ޑިޕާރޓްމަންޓްތައް
ޑިޕާރޓްމަންޓް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް
- ޢަޤީދާ އެންޑް ފިލޯސަފީ
- ދަޢުވާ
- ފިޤުހު އެންޑް އުޞޫލު ފިޤުހު
- އުޞޫލުއްދީން އެންޑް ކޮމްޕަރެޓިވް ރިލިޖަން
ޑިޕާރޓްމަންޓް އޮފް ހިއުމަން ސައިންސް
- ޕޮލިޓިކަލް ސައިންސް
- ހިސްޓްރީ އެންޑް ސިވިލައިޒޭޝަން
- ސައިކޮލެޖީ
- ސޯސޮލެޖީ
- ކޮމިއުނިކޭޝަންސް
Ongoing Courses
ހިނގަމުންދާ ކޯސްތައް
Course Name ކޯހުގެ ނަން | MNQF Level އެމްއެންކިއުއެފް ލެވެލް | Course Duration ކޯހުގެ މުއްދަތު | Course Fee ކޯސް ފީ | Kulliyah / Center ކުއްލިޔާ / ސެންޓަރ |
---|---|---|---|---|
Doctor of Philosophy in Fiqh and Usul-al-Fiqh ޑޮކްޓަރ އޮފް ފިލޯސޮފީ އިން ފިގްހު އެންޑް އުސޫލުލް ފިގްހު | Level 10 ލެވެލް 10 | 3 Years 3 އަހަރު | MVR 97205.00 MVR 97205.00 | Kulliyyah of Islamic Revealed Knowledge and Human Sciences ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |
Master of Islamic Revealed Knowledge, Leadership and Administration މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން | Level 9 ލެވެލް 9 | 1 Year 1 އަހަރު | MVR 31600 MVR 31600 | Kulliyyah of Islamic Revealed Knowledge and Human Sciences ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |
Master of Aqidah and Islamic Thoughts މާސްޓަރ އޮފް ޢަޤީދާ އެންޑް އިސްލާމިކް ތޯޓްސް | Level 9 ލެވެލް 9 | 1 Year 1 އަހަރު | MVR 35370 MVR 35370 | Kulliyyah of Islamic Revealed Knowledge and Human Sciences ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |
Master of Arts in Journalism and Media Communications މާސްޓަރ އޮފް އާރޓްސް އިން ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް | Level 9 ލެވެލް 9 | 1 Year 1 އަހަރު | MVR 30950 MVR 30950 | Kulliyyah of Islamic Revealed Knowledge and Human Sciences ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |
Bachelor of Islamic Studies ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް | Level 7 ލެވެލް 7 | 3 Years 3 އަހަރު | MVR 28560 MVR 28560 | Kulliyyah of Islamic Revealed Knowledge and Human Sciences ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |
Bachelor of Imaamship ބެޗްލަރ އޮފް އިމާމްޝިޕް | Level 7 ލެވެލް 7 | 3 Years 3 އަހަރު | MVR 25610 MVR 25610 | Kulliyyah of Islamic Revealed Knowledge and Human Sciences ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |
Associate Degree of Imaamship އެސޯސިއޭޓް ޑިގްރީ އޮފް އިމާމްޝިޕް | Level 6 ލެވެލް 6 | 2 Years 2 އަހަރު | MVR 16475 MVR 16475 | Kulliyyah of Islamic Revealed Knowledge and Human Sciences ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |
Diploma of Imaamship ޑިޕްލޮމާ އޮފް އިމާމްޝިޕް | Level 5 ލެވެލް 5 | 1 Year 1 އަހަރު | MVR 9365 MVR 9365 | Kulliyyah of Islamic Revealed Knowledge and Human Sciences ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |
Doctor of Philosophy in Fiqh and Usul-al-Fiqh ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހް އެންޑް އުސޫލުލް ފިޤްހް | Level 10 ލެވެލް 10 | 3 Years 3 އަހަރު | MVR 102005.00 MVR 102005.00 | Kulliyyah of Islamic Revealed Knowledge and Human Sciences ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |